Wednesday, February 17, 2010

މާދަރީ ބަހުގެ ދުވަސް


މާދަރީބަހުގެ ދުވަސް 2010

މިހިނގާ ފެބްރުއަރީމަހުގެ 21 ވަނަ ދުވަހަކީ ބައިނަލް އަޤުވާމީ މާދަރީބަހުގެ ދުވަހެވެ. މިދުވަސް ރާއްޖޭގައި ފާހަގަކުރަން ފެށީ 1990 ވަނަ އަހަރުން ފެށިގެން ނެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް އެދުވަސް ޤަވާއިދުން ފާހަގަކުރެވެމުންދެއެވެ.

މާދަރީ ބަހަކީ ވަކި ޤައުމެއްގެ ބަޔަކު ރަސްމީގޮތުން ވާހަކަ ދައްކަން ގެންގުޅޭ ބަހެވެ. ބަހުގެ ތެރޭގައި ހިމެނޭ ބަހުރުވައިގެ ތަފާތު ތަކަކީ އެއީ މާދަރީބަހޭ ނުބުނެވޭނެއެވެ. މިސާލަކަށް އައްޑޫ ބަހުރުވައިން ވާހަކަ ދައްކާ ފަރާތްތަކަށް އެއީ އެބައެއްގެ އަމިއްލަ ބަހުރުވައެވެ. އެމީހުންގެވެސް މާދަރީ ބަހަކީ ޢާއްމު ދިވެހި ބަހެވެ.

ޖިއޮގްރަފީ ގޮތުން ރާއްޖެ ބެހިގައި އޮންނަ ގޮތުން އަތޮޅުތަކުގައި މީހުން ދިރި އުޅޭއިރު ވާހަކަ ދެއްކުމުގެ ރާގާއި ބަހުރުވައިގެ ތަފާތު ހުރެއެވެ. އެގޮތުން އެންމެ ބޮޑަށް ތަފާތުވާ ބަހުރުވަ ތަކަކީ އައްޑޫ ބަހުރުވައާއި ހުވަދޫ ބަހުރުވައާއި ފޯއްމުލަކު ބަހުރުވައެވެ. މިއީ ރާއްޖޭގެ އެންމެ ދެކުނުގެ 4 އަތޮޅުމީހުންގެ ބަހުރުވަތަކެވެ. މިބަހުރުވަތަކުގެ ތެރޭގައި އަމިއްލަ މާދަރީ ބަހަށްވުރެ ބަސްކޮށާރުގެ ގޮތުން މުއްސަނދި ބަހުރުވަތަކެއެވެސް ވެއެވެ. އެފަދަ މިސާލުތައް ދެން އަންނަ ލިޔުމެއްގައި ހިމަނާނަމެވެ.

No comments:

Post a Comment