Wednesday, February 17, 2010

ތިރީގައި މިވަނީ ޅެމަކުން ވާ ސުވާލެކެވެ. މިޅެން ރަނގަޅަށް ކިޔާލާށެވެ.
މިއީ ތިޔަ ކުދިންގެ މައުލޫމާތު މުއްސަނދި ކުރުމުގެ ގޮތުން މުދައްރިސު ތިޔަ ކުދިންނަށް ހޯދާދީފައިވާ ޅެމެކެވެ.
ސުވާލު

ދުނިޔެތެރޭގައި އެބަވޭ އެއްޗެއް އުނިކަން ނުލިބޭ މާމޮޅު އެއްޗެއް
ބުނިބުންޏަށް ތަންނުމެދޭ އެއްޗެއް ބުނެބަލަ އަޅެ މީކޮންއެއްޗެއް

ފިންޏާ ހޫނުން ވިރުމެއް ނުމެވޭ އުންޏެއް އެއަކުން ނެގިގެން ނުމެވޭ
ބުންޏަސް ލޮލަކަށް ފެނުމެއްނުމެވޭ ތުންޏެއް ނުމެވާ މީ ކޮންއެއްޗެއް

ވީދަން ހިފިއަސް ވީދައިނުލެވޭ، މީދާހެފިއަސް ދަތަކުން ނުކެވޭ
ޢިދާ ހުކުރަށް ދެގޮތެއް ނުމެވޭ ސީދާ ބުނެބަލަ މީ ކޮންއެއްޗެއް

ޒާތުން ކަންނެތް އެކަހެރިކުރުވާ މާޔޫސީއާ ފިނޑިކަން ފިލުވާ
ބާރުން މިބުނާ ޙަރަކާތް ގެނުވާ ބާރެއް ފަހެ މީ ކޮންއެއްޗެއް

ދިރުމާ އުފަލާ މިލްކު ކުރާ ބިރުހީ ނަފުސުން ބޭރުކުރާ
ވިރުވާ އިދިކޮޅު ބާރުތުރާ ދިރުވާހިތް މީ ކޮންއެއްޗެއް

+ + + + + + + + + + +
މި ސުވާލުގެ ޖަވާބު ތިރީގައި މިވާ ލިންކުން ހޯދާ!

No comments:

Post a Comment