Sunday, February 21, 2010
މާދަރީ ބަހުގެ ދުވަހުގެ ތަހުނިޔާ
ދިވެހި ކަނޑުގައި ދިވެހި ކަނޑުމަސް ފުމެ އުޅޭހާ ހިނދަކުގާ
ދިވެހި މި ބިމަށް، ދިވެހި ރުކުގެ ހިޔާ ލިބޭހާ ހިނދަކުގާ
ދިވެހި ޖައްވަށް ދިރި، މިހެން ނޭވާ ލެވޭހާ ހިނދަކުގާ
ދިވެހި ބަސް ދޫކޮށްނުލައި ބަސް ދިރުވަމާތޯ އުފަލުގާ
ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައ ެ ލޮބުވެތި ކިޔުންތެރިންނާއި، ހީވާގި ލިޔުންތެރީންނަށް އިޚްލާޞްތެރިކަމާއެކު، ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކުރަމެވެ. އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހި ބަހަށް، ފަހިކަމާއި ދިރުން، ފާގަތިކަމާއި ކުރިއެރުން، މިންވަރު ކުރައްވާށި އެވެ!
Subscribe to:
Post Comments (Atom)
No comments:
Post a Comment